-

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2009-02) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2009-06)

 

ގާނޫނު ނަންބަރު 2009-02 (ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.

  

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

20. އެމީހަކު ރަޖިސްޓަރީވެފައިވާ އިންތިހާބީ ދާއިރާ ނޫން އެހެން ދާއިރާއަކަށް ވޯޓު ލުމަށް އެމީހަކު ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ވޯޓު ފޮށްޓަށް ވޯޓު ލުމުން ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް އިލެކްށަންސް ކޮމިށަނަށް ފެނިއްޖެނަމަ، އެފަދަ މީހަކު ވޯޓުލުމުގައި، ވޯޓުގެ ސިއްރުކަން ނުގެއްލޭނެކަމަށް އިލެކްށަންސް ކޮމިށަނަށް ގަބޫލުކުރެވޭ ވޯޓު ފޮށްޓަކަށް ވޯޓުލުމަށް އެމީހަކަށް އެންގިދާނެއެވެ.

 

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގްކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.

 

މައި ގާނޫނު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2009-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-02)

ރިފަރެންސް

29 އޭޕްރިލް 2009 ވި ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2009 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުޅަ "ގާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޤާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު" ބަލައި، ތަސްދީގުކޮށްފައިވަނީ 4 މެއި 2009 (9 ޖުމާދަލްއޫލާ 1430) ގައެވެ.

ކިޔުންތެރިންގެ ހިޔާލު