-

އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2015-11 އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-18)

 

ގާނޫނު ނަންބަރު 2015-11 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

32. ޔުނިވަރސިޓީގެ ވަގުތީ ނުވަތަ އިންތިގާލީ މަޖިލިސް

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުން، ކުއްލިއްޔާގައި އޮތް ކުއްލިއްޔާގެ މަޖިލިސް ވެގެންދާނީ ޔުނިވަރސިޓީގެ އިންތިގާލީ މަޖިލީހަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

32. (ރ) ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަންކުރަންދެން ޔުނިވަރސިޓީގެ ވަގުތީ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމުތަކަށް މީހުން ހަމަޖައްސާނީ ޔުނިވަރސިޓީގެ އިންތިގާލީ މަޖިލީހުގެ ރުހުމާއެކު ޔުނިވަރސިޓީގެ ވަގުތީ ވައިސް ޗާންސެލަރެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާ އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

33. (ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން މަގާމު ގެއްލޭ މުވައްޒަފުންނަށް ޔުނިވަރސިޓީގައި ހުރި ހުސް މަގާމުތަކުގެ ތެރެއިން މަގާމެއް އެ މުވައްޒަފަކަށް ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

49. ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނަށް ގެނެވުނު އިސްލާހުތައް ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ  ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

6 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2015-11)

 

ކޮންސޮލިޑޭޓް ކުރެވުނު ގާނޫނު

އިސްލާމިކް ޔުނިވަރސިޓީގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015-11)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު