-

ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ހިދުމތް ކުރުމާބހޭ ގާނޫނު (ގާނޫނު ނަންބަރު 1976-69) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު  

(ގާނޫނު ނަންބަރު 2014-34)

 

ގާނޫނު ނަންބަރު 1976-29 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ހިދްމަތް ކުރުމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 10 ވަނަ މާއްދާ އުނިކުރުން.

10. މި ގާނޫނުގައިވާ ގޮތުގެމަތިން ސަރުކާރަށް ހިދްމަތް ކުރަންޖެހޭ މީހުން، އެމީހަކު ހިދްމަތް ކުރަންޖެހޭ މުއްދަތަށް ހިދްމަތް ނުކޮށް، ނުވަތަ ފަރުވާކުޑަކޮށް ނުވަތަ މިނޫންވެސް މިބާވަތުގެ އެކަށީގެންނުވާ އަމަލު ހިންގާނަމަ، އެމީހަކު ސަރުކާރަށް ހިދްމަތް ކުރަން ޖެހިފައިވާ މުއްދަތުން ބާކީ އޮންނަ ދުވަހަށް ގޭގައި ނުވަތަ ރަށުން ބޭރުގައި ބަންދުކޮށްފައި ބެހެއްޓުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - މި ގާނޫނުން އުނިކުރި ބުނެވިދިޔަ ގާނޫނުގެ މާއްދާއާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

3 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

 ސަރުކާރުގެ މަދުރަސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދުރަސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ހިދުމަތް ކުރުމާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1976-29)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު