-

ގައިންގަޔަށް އަރާ ބަލި

"ގައިންގަޔަށް އަރާ ބަލި" ކަމަށް ބުނެފައިއެވަނީ، އެ އެއްޗެއް ހިމެނިގެންވާ ބަޔޮލޮޖިކަލް އޭޖެންޓެއްގެ ސަބަބުން ނުވަތަ އޭގައި ހިމެނިގެންވާ ވިހަ މާއްދާއެއްގެ ސަބަބުން، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އެ އެއްޗެއް ބަދަލުވުމުގެ ކުޅަދާނަކަން ލިބިގެންވާ ބާވަތުގެ ބަލިބައްޔަށެވެ. އަދި އެ އެއްޗެއްގައި، އެ ސިފަ ހުރުމުގެ ސަބަބުން، ބަލިޖެހިފައިވާ މީހާގެ ގައިން ނުވަތަ ޖަނަވާރެއްގެ ކިބައިން އެ ބަލި، ސީދާގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި، އެހެން މީހެއްގެ ގަޔަށް އެރުމުގެ ކުޅަދާނަކަން ލިބިފައިވާ ބައްޔަށެވެ. އަދި މި މާނަކުރުމުގައި، ނުރައްކާތެރި ބައްޔާއި ރިޕޯޓުކުރަންޖެހޭ ބަލި ހިމެނިގެންވެއެވެ.