-

ރިށްވަތު

"ރިށްވަތު" ކަމަށް ބުނެފައިވަނީ، ކަމެއްކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ނުވަތަ ވަކިފަރާތަކަށް ލުޔެއް، ފަސޭހައެއް، ހެވެއް، ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށްޓަކައި، ނުވަތަ ނުވަތަ އެއްވެސްފަރާތަކަށް ބުރައެއް ޖެއްސުމަށް، އުނދަގުލެއް ކުރުމަށް، ނުވަތަ އެއްވެސްބާވަތެއްގެ ގެއްލުމެއް ދިނުމަށްޓަކައި، ނުވަތަ މިއިންކަމަކަށް ށައުގުވެރި ކުރުމަށްޓަކައި، ނުވަތަ މިއިން ކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫންގޮތަކުންވިޔަސް، މީހަކަށް، އެމީހަކު ކުރާމަސައްކަތުގެ މުގާބިލުގައި، ވަޒީފާދޭ ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން ކަނޑައަޅާ މުސާރައާއި، އުޖޫރައާއި، އެހެނިހެން އިނާޔަތްތަކާއި، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ލިބިދޭ އެކިއެކި ފަސޭހަތަކާއި މަންފާތައް ފިޔަވައި، ދޭ ނުވަތަ ލިބިގަންނަ ފައިސާއަށާއި، މުދަލަށާއި، ތަކެއްޗަށާއި، ފަސޭކަތަކަށާއި، މިނޫންވެސް މަންފާތަކަށެވެ.