-

ކާރިސާތަކަށް ތައްޔާރުވުން

"ކާރިސާތަކަށް ތައްޔާރުވުން" ކަމަށް ބުނެފައި އެވަނީ، ކުރިމަތި ވެދާނެކަމަށް ލަފާކުރެވޭ ނުވަތަ ކުރިމަތިވަމުންދާ ކާރިސާއަކަށް ނުވަތަ އެނޫންވެސް ގެއްލުންދެނިވި ހާދިސާތަކަށް އެންމެ އެދެވޭގޮތުގައި ތައްޔާރުވެ އޭގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ކުރިއާލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްމާއި ހުނަރާއި ފަންނުވެރިކަމުގެގޮތުން ސަރުކާރަށާއި ކަމާގުޅޭ ޖަމާއަތްތަކަށް އަދި މުޖުތަމައާއި އާންމު ފަރުދުންނަށް ލިބިގެންވާ ކެރިފޯރުންތެރިކަމާއި ގާބިލުކަމަށެވެ.