-

ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުން

"ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުން" ކަމަށް ބުނެފައި އެވަނީ، ކާރިސާތަކުން ގެއްލުން ލިބުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި އެކަންތައްތައް ކުރިމަތިވުމަށް ދިމާވާ ސަބަބުތައް ދިރާސާކޮށް ވަކި އުސޫލެއްގެ މަތިން މަސައްކަތްކުރުމެވެ. މިގޮތުން އިންސާނުންގެ މުދަލާއި ފުރާނަ ނުރައްކަލަށް ހާމަވެފައިވާ މިންވަރާއި ނާޒުކުކަން ކުޑަކުރުމާއި، އެކަށީގެންވާ ރަނގަޅު ގޮތެއްގައި ވެއްޓާއި ބިން ބޭނުންކުރުމާއި، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުން ހިމެނެއެވެ.