-

ޖިންސީ އަމަލު

"ޖިންސީ އަމަލު" ކަމަށް ބުނެފައިއެވަނީ، ޖިމާއުވުންކަމަށްވިޔަސް، އަތްލުންކަމަށްވިޔަސް، އަދި އެހެން އަމަލެއް ހިންގުންކަމަށްވިޔަސް، އެކަށީގެންވާ މީހެއްގެ ވިސްނުމުން ވިސްނާއިރު، އެކަމެއް އެކުރީ ށަހުވާނީ އެދުންވެރިކަމެއް ހާސިލުކުރުމުގެ ނިޔަތުގައިކަމަށް ގަބޫލުކުރެވޭނެ އަމަލަށެވެ. ނުވަތަ އެ އަމަލެއްގެ ހިންގި ހާލަތުގައި އެ އަމަލެއް ހިންގާފައިވަނީ ށަހުވާނީ މަގްސަދެއްނޫން އެހެން މަގްސަދެއް ހާސިލުކުރުމަށް ކަމުގައި ބެލެވެންނެތް އަމަލަށެވެ.