-

ދިރިއުޅުމަށް ގޯތި ދޫކުރުން

"ދިރިއުޅުމަށް ގޯތި ދޫކުރުން" ކަމަށް ބުނެފައިއެވަނީ، ހިޔާވަހިކަން ތަނަވަސްކޮށްދިނުމުގެ ގޮތުން ނުވަތަ ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހަމަތަކާއި ށަރުތުތަކާއި އަދި އުސޫލުތަކުގެ މަތިން، އޭގެ ބަދަލުގައި އަގެއް ނެގުމަކާ ނުލައި ސަރުކާރުން ހިލޭ ބަންޑާރަ ގޯތި ދިނުމަށް ނުވަތަ ދޫކުރުމަށެވެ. އަދި ހިޔާވަހިކަން ތަނަވަސްކޮށްދިނުމުގެ ގޮތުން ނުވަތަ ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހަމަތަކާއި ށަރުތުތަކާއި އަދި އުސޫލުތަކުގެމަތިން، އަގުނަގާގޮތަށް ސަރުކާރުންދޭ ނުވަތަ ދޫކުރާ ގޯތިވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ. އަދި ވިޔަފާރީގެ ގޮތުގައި ފައިދާ ހޯދުމަށްޓަކައި އަގުނަގާގޮތަށް ސަރުކާރުން ދޫކުރާ ބިން ނުހިމެނޭނެއެވެ.