-

ނުރައްކާތެރި ހަތިޔާރެއް

"ނުރައްކާތެރި ހަތިޔާރެއް" ގެ މާނައިގެ ތެރޭގައި، އެ އެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ، ނުވަތަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ވެދާފަދަ ތަކެއްޗާއި، ގޮވާ އެއްޗެއްސާއި، އަލިފާން ރޯވެދާ ފަދަ ތަކެއްޗާއި ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެނޫންވެސް އެއްޗެހި ހިމެނެއެވެ. މީގެ ތެރޭގައި، ޓޭޒަރ ގަންއާއި ސްޓަން ގަންއާއި އެނޫނަސް މީހެއްގެ ހަށިގަނޑަށް ށޮކެއް ފޮނުވައިގެން އޭނާއަށް ނުކުޅެދޭ ހާލަތެއް ވަގުތީގޮތުން ނަމަވެސް މެދުވެރިކުރުވާ ކޮންމެ އެއްޗަކާއި، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާ ފަދަ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ނުރައްކާތެރި އެސިޑްތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނެއެވެ.