-

ގުޅުން ހުރި ފަރާތް ނުވަތަ ގުޅުން ހުރި ފަރާތެއް

"ގުޅުން ހުރި ފަރާތް" ނުވަތަ "ގުޅުން ހުރި ފަރާތެއް" ކަމަށް ބުނެފައި އެވަނީ، (ހ) ބޭންކުގެ އެޑްމިނިސްޓްރޭޓަރެއް. (ށ) އެޑްމިނިސްޓްރޭޓަރާ ކައިވެނީގެ ގޮތުން ގުޅިފައިވާ ފަރާތްތަކާއި، ލޭގެ ގޮތުން ދެވަނަ ދަރަޖައާ ހަމައަށް ގުޅުން ހުރި ފަރާތްތައް؛ މީގެތެރޭގައި ދަރިންނާއި އެޑްމިނިސްޓްރޭޓަރުގެ ޒިންމާގެ ދަށުގައިވާ އެހެންވެސް ފަރާތްތައް ހިމެނޭނެއެވެ. (ނ) ބޭންކެއްގެ ކޮލިފައިންގ ހޯލްޑިންގ އޮންނަ ފަރާތެއް ނުވަތަ އެފަރާތެއްގެ އެޑްމިނިސްޓްރޭޓަރެއް ނުވަތަ ބޭންކުގައި ކޮލިފައިންގ ހޯލްޑިންގއެއް އޮންނަ ފަރާތެއްގެ ކޮލިފައިންގ ހޯލްޑިންގ އޮންނަ އެހެން ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް، ނުވަތަ މިފަދަ ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ އެޑްމިނިސްޓްރޭޓަރެއް؛ ނުވަތަ ބޭންކެއްގެ އެޑްމިނިސްޓްރޭޓަރެއްގެ ކޮލިފައިންގ ހޯލްޑިންގ އޮންނަ ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް، ނުވަތަ މިފަދަ ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ އެޑްމިނިސްޓްރޭޓަރެއް. (ރ) ބޭންކަކުން އެ ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ ކޮލިފައިންގ ހޯލްޑިންގ އޮންނަ ކުންފުންޏެއް ނުވަތަ ވިޔަފާރިއެއް، ނުވަތަ އެފަދަ ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ އެޑްމިނިސްޓްރޭޓަރެއް. މިފަދަ ކުންފުންޏެއް ނުވަތަ ވިޔަފާރިއަކީ ބުނެވުނު ބޭންކުގެ މާލީ ހިސާބުތަކުގެ ތެރޭގައި އެ ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްގެ ހިސާބު ހިމަނަންނުޖެހޭ ކުންފުންޏެއް ނުވަތަ ވިޔަފާރިއެކެވެ.