-

ކްރެޑިޓް އެކްސްޕޯށަރ

"ކްރެޑިޓް އެކްސްޕޯށަރ" ކަމަށް ބުނެފައި އެވަނީ: (ހ) އެއްވެސް ފަރާތަކަށް، އަނބުރާ ދައްކާގޮތަށް ދޫކުރުމަށް އެއްބަސްވެފައިވާ ފައިސާއާއި ދޫކޮށްފައިވާ ފައިސާގެ ތެރެއިން އަނބުރާ ލިބެންޖެހޭ ފައިސާއާއި މިފަދަ ފައިސާއަށް ލިބެންޖެހޭ އިންޓްރެސްޓް ނުވަތަ ސަރވިސް ޗާޖް؛ (ށ) ފައިސާ ދައްކަން ޖެހިދާނެގޮތަށް އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ގެރެންޓީ؛ (ނ) މޫނުމަތީ އަގުގައި ނުވަތަ ޑިސްކައުންޓަކާއެކު ގަނެފައިވާ ޑެޓް ސެކިއުރިޓީ؛ އަދި (ރ) މިނޫންވެސް އެހެނިހެން ގޮތްގޮތުން ލިބެންޖެހޭ ފައިސާއަށެވެ.