-

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހެއް

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހެއް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާ މެންބަރުންގެ ތެރެއިން މަޖިލީހުގެ އުމުރުގެ ދައުރެއްގެ، އެންމެ މަދުވެގެން 4 (ހަތަރެއް) އަހަރު މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށެވެ. އަދި އެފަދަ މީހަކަށް ހައްގުވާ މާލީ އިނާޔަތާއި އެހެން އިނާޔަތްތައް ދިނުމުގައި އެމީހަކު ވަކިވާ ތާރީހުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މަޖިލީހުގެ އުމުރުގެ ހުރިހާ ދައުރެއް ގުނޭނެއެވެ. މިގޮތުން މަޖިލީހުގެ ދައުރު ގުނުމުގައި، ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ދައުރެއްގެ އެންމެ މަދުވެގެން 4 (ހަތަރެއް) އަހަރު މެންބަރުކަން ކުރުމުން، އެއީ ދައުރެއްގެ ގޮތުގައި ގުނޭނެއެވެ.