-

އާންމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ތަންތަން

"އާންމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި، ވިޔަފާރި އުސޫލުން ނުވަތަ ފީއެއް ނުވަތަ އަގެއް ނަގައިގެން އެއްތަނުން އަނެއްތަނަށް މީހުން އުފުލާ އުޅަނދުފަހަރާއި، މިގޮތަށް މީހުން އުފުލުމުގެ ނުވަތަ ދަތުރުފަތުރު ކުރުމުގެ އެކި މަރުހަލާގައި ބޭނުންކުރަންޖެހޭ ތަންތަނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިފަދަ އެހެން އުޅަނދުފަހަރާއި ތަންތަނަށެވެ. ފީއެއް ނުވަތަ އަގެއް ނުނެގިނަމަވެސް، ވަކި މުނާސަބަތަކާ ނުވަތަ ހާދިސާއަކާއި ނުވަތަ މިނޫންވެސް އިޖްތިމާއީ ހަރަކާތަކާއި ނުވަތަ ޒިންމާއަކާއި ގުޅިގެން އާންމުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު އެއްތަނުން އަނެއްތަނަށް އުފުލުންވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ. ހަމައެކަނި ތަކެތި އުފުލާ އުޅަނދުފަހަރާއި މަސްވެރިކަމުގައި އުޅޭ އުޅަނދުފަހަރު، އެފަދަ އުޅަނދުފަހަރުން ވިޔަފާރި އުސޫލުން ނުވަތަ އަގެއްނަގައިގެން މީހަކު ނުވަތަ މީހުން އުފުލާ ހާލަތްތަކުގައި ނޫނީ މި މާނައިން އިސްތިސްނާވާނެއެވެ.