-

ދުންފަތް ސްޕޮންސަރުކުރުން

"ދުންފަތް ސްޕޮންސަރުކުރުން" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި ނުސީދާގޮތުން ދުންފަތުގެ އެއްވެސް ބާވަތެއް އުފައްދާ ފަރާތަކާއި ނުވަތަ ވިއްކާ ފަރާތަކާ ބައިވެރިވުމެއް ނުވަތަ ގުޅުމެއް ތިރީގައި ބުނެވިފައިވާ ކަމަކާގުޅޭ ގޮތުން އޮތްކަން ދޭހަކޮށްދިނުމާއި، ދުންފަތާ ގުޅުންހުރި އެފަދަ ފަރާތެއް ރަމްޒުކޮށްދޭ އެއްޗެއް އެއްވެސް ސިފައެއްގައި އެއިން ހަރަކާތެއްގައި ނުވަތަ އެއްޗެއްގައި ނުވަތަ ތަނެއްގައި ބޭނުންކުރުމަށެވެ (1) މުނިފޫހިފިލުމުގެ ހަރަކާތްތަކާއި، ކުޅިވަރު މުބާރާތްތަކާއި، އިލްމީ އަދި އަދަބީ ހަރަކާތްތަކާއި، ސަގާފީ އަދި ފެށަނާގުޅޭ ކަންކަމާއި އަދި އެފަދަ އެނޫންވެސް ބާވަތްތަކުގެ މަސައްކަތްތަކާއި، ހަރަކާތްތަކާއި އަދި ށޯތަކާއި، ފިލްމުތަކާއި، ވީޑިއޯތައް؛ (2) އިސްވެ ބުނެވުނުކަމެއްގައި ބައިވެރިވާ ބަޔަކު ނުވަތަ މީހަކު، އެއިން މީހަކު ބޭނުންކުރާ ހެދުމަކާއި، ޔުނީފޯމަކާއި އަދި ގެންގުޅޭ ސާމާނުތައް؛ (3) އާންމު ތަންތަނުގައި ނުވަތަ މީހުން އެއްވެއުޅޭ ތަންތަނުގައި ބޭއްވޭ ހަރަކާތްތައް؛ (4)ދުންފަތުގެ ބާވަތްތައް އުފައްދާ ތަންތަން ފިޔަވައި، އެހެން އިމާރާތްތަކާއި، އުނގަންނައިދޭ ތަންތަނާއި، ހާމަކޮށް އޮންނަ ބިންބިމާ އަދި އާންމު ތަންތަން.