-

ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތް ތަމްސީލުކުރާ ފަރާތް

"ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތް ތަމްސީލުކުރާ ފަރާތް" ކަމަށް ބުނެފައިއެވަނީ (1) ސެކިއުރިޓީޒް ގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތެއްގެ ދަށުން، ސީދާގޮތެއްގައި ވަޒީފާ އަދާކުރާ، ނުވަތަ އެފަރާތުން ނުވަތަ އެފަރާތަކާ ދެމެދު އޮންނަ އެއްބަސްވުމެއްގެ ދަށުން އެކައުންޓެންޓުންނާއި، ކާތިބުންނާއި ކޭށިއަރުން ކުރާ މަސައްކަތް ފިޔަވައި، ސެކިއުރިޓީޒްގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތުގެ މަސައްކަތް މުސާރައަށް، އުޖޫރައަށް، ކޮމިށަނަށް ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް ކޮށްދޭ ފަރާތެވެ. އަދި (2) ސެކިއުރިޓީޒްގަނެ ވިއްކައިދިނުމުގެ ވިޔަފާރިކުރާ ފަރާތަކަށް މިފަދަ އެއްވެސް މަސައްކަތެއް ކޮށްދޭ އެފަރާތެއްގެ ޑައިރެކްޓަރުންނާއި އޮފިސަރުން، މީގެތެރޭގައި ހިމެނޭނެއެވެ.