-

ސެކިއުރިޓީޒް ގަނެ ވިއްކުމުގެ ވިޔަފާރި

"ސެކިއުރިޓީޒް ގަނެ ވިއްކުމުގެ ވިޔަފާރި" ކަމަށް ބުނެފައިއެވަނީ، އެފަރާތެއްގެ އަމިއްލަ ނަމުގައި، ނުވަތަ އެހެން ފަރާތެއް ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައިވިޔަސް، ތިރީގައިވާ ފަދަ އެއްބަސްވުމެއް އެހެން ފަރާތަކާއެކު ވުން، ނުވަތަ ވުމަށް ހުށަހެޅުން، ނުވަތަ އެހެން ފަރާތެއް މިފަދަ އެއްބަސްވުމަކަށް އައުމަށް ށައުގުވެރިކުރުވުން، ނުވަތަ ށައުގުވެރިކުރުވުމަށް މަސައްކަތް ކުރުމަށެވެ (1) ސެކިއުރިޓީޒް ލިބިގަތުމަށް، ނުވަތަ ދޫކޮށްލުމަށް، ނުވަތަ ގަތުމަށް އެއްބަސްވުމަށް، ނުވަތަ މި ގާނޫނުގެ ދަށުން ސެކިއުރިޓީޒް އަންޑަރައިޓް ކުރުމަށް ހެދޭ އެއްބަސްވުން؛ (2) ސެކިއުރިޓީޒްއިން ލިބޭ ފައިދާއިން، ނުވަތަ ސެކިއުރިޓީޒްގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން، ސެކިއުރިޓީޒްއިން އެއްވެސް ފަރާތަކަށް މަންފާ ލިބިގަތުމުގެ ބޭނުމުގައި، ނުވަތަ މަގްސަދުގައި ހެދޭ އެއްބަސްވުން.