-

ވަޒަންވެރިވެފައި (ޓެކްސް އާއި ގުޅޭ)

"ވަޒަންވެރިވެފައި" ކަމަށް ބުނެފައި ވަނީ، ވަކި ފަރުދަކަށް ނިސްބަތްކޮށް ބަލާއިރު (1) އެ އަހަރެއްގައި 183 (ސަތޭކަ އަށްޑިހަތިނެއް) ދުވަހަށް، ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ދިވެހިރާއްޖޭގައި ހުރެފައިވާ މީހަކަށް؛ (2) ދިވެހިރާއްޖޭގައި ދިރިއުޅެން ގަސްތުކޮށްގެން އެ އަހަރު ދިވެހިރާއްޖެއަށް އައިސްފައިވާ މީހަކަށް؛ ނުވަތަ (3) އެ އަހަރު އާންމުކޮށް ދިވެހިރާއްޖޭގައި ދިރިއުޅެމުން ގެންދިޔަ، އެކަމަކު އެ އަހަރު ނިމުމުގެ ކުރިން ފުރައިގެން ދިޔަ މީހަކަށެވެ. ދިވެހިރާއްޖޭގައި އާންމު ގޮތެއްގައި ވަޒަންވެރިވެފައިވާ މީހަކަށް ނިސްބަތްކުރާ ކުރުމަކީ އެމް.އައި.އާރް.އޭ އިން ދެކޭ ގޮތުގައި ވަގުތީ ގޮތުން ރާއްޖެއިން ބޭރަށް ދިއުން ފިޔަވާ އާދައިގެމަތިން ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކަށް ނިސްބަތްކުރާ ކުރުމެކެވެ. ޕާޓްނަރށިޕްއެއް ނުވަތަ ޓްރަސްޓްއެއް ނުވަތަ އެހެން ޖަމްއިއްޔާއެއްވެސް ދިވެހިރާއްޖޭގައި އެއްވެސް ވިޔަފާރިއެއް ހިންގާނަމަ، ޓެކްސް ގެ މަޤްޞަދަށްޓަކައި، ބެލެވޭނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ކުންފުންޏެއް، ޓެކްސް ގެ މަޤްޞަދަށްޓަކައި، ބެލެވޭނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ.