-

ޑްރައިވިންގ ސްކޫލް

"ޑްރައިވިންގ ސްކޫލް" ހިންގުމުގެ މިންގަނޑުތަކާއި އުޞޫލުތައް ކަނޑައަޅާ ގަވާއިދެއް މިނިސްޓްރީން ހަދަންވާނެއެވެ. މި ގަވާއިދުގައި ޑްރައިވިންގ ސްކޫލުގެ އިންސްޓްރަކްޓަރުންގެ ފެންވަރު އެކަށައަޅައި، ދުއްވަން ދަސްކޮށްދިނުމަށް ޑްރައިވިންގ ސްކޫލުން ފީގެ ގޮތުގައި ނެގޭނެ އެންމެމަތީ ޢަދަދުތައް ކަނޑައަޅަންވާނެއެވެ. އަދި ޑްރައިވަރުން އެކިއެކި ގިންތީގެ ވެހިކަލްތަކަށް އިމްތިހާންކުރެވޭނެ މިންގަނޑުތަކާއި، އިމްތިހާންކުރެވޭނެ ގޮތްތައް ހިމަނަންވާނެއެވެ.