-

ބަންޑާރަ މަގު

"ބަންޑާރަ މަގު" ކަމަށް ބުނެފައި އެވަނީ އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ އެންމެހައި މަގުތަކާއި ގޯޅިތައް ފިޔަވައި ދައުލަތުން ކަނޑައަޅާ ގޮތްތަކަކަށް ބޭނުންކުރެވޭ އެންމެހައި މަގުތަކާއި ގޯޅިތަކަށެވެ. އަމިއްލަ ބިންބިމާއި ވަކިކަމަކަށް ބޭނުންކުރުމަށް ދޫކޮށްފައިވާ ސަރަޙައްދުތަކާއި ސިނާއީ މަސައްކަތްކުރުމަށް ދޫކުރެވިފައިވާ ރަށްރަށްރަށުގައި ޢާންމުކޮށް ބޭނުންކުރުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކަކީވެސް މި ޤާނޫނުގެ ބޭނުމަށް ބަންޑާރަ މަގުގެ ގޮތުގައި ބެލެވޭނެއެވެ.