-

ސިޔާސީ ކުށެއް

"ސިޔާސީ ކުށެއް" ކަމަށް ބުނެފައިއެވަނީ، އެ ކުށް ކުރި ހާލަތަށް ބަލާއިރު އެ ކުށް ކޮށްފައިވަނީ ސިޔާސީ ސަބަބަކަށްޓަކައި ކަމަށް ބެލެވޭ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށް ނުވާ ކުށްކުށެވެ (1) ގަސްދުގައި މީހަކު މެރުމުގެ ކުށް ނުވަތަ އެނޫންގޮތަކަށް މީހަކު މެރުމުގެ ކުށް؛ (2) މީހެއްގެ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ކުރުމުގެ ކުށް؛ (3) މީހަކު ވަގަށްނެގުމުގެ ކުށް ނުވަތަ ރަހީނުކުރުމުގެ ކުށް ނުވަތަ ބާރުގެ ބޭނުންކޮށްގެން ފައިސާ ނުވަތަ އެނޫންވެސް އެއްޗެއް ހޯދުމުގެ ކުށް؛ (4) މީހެއްގެ ފުރާނައަށް ނުރައްކާތެރިވެދާނެ ނުވަތަ މީހަކަށް ނުރައްކާތެރި ހާނީއްކައެއް ކުރިމަތިވެދާނެ ނުވަތަ މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ގޮވާ އެއްޗެއް ނުވަތަ އެނޫންވެސް އެފަދަ ހަތިޔާރެއް ބޭނުންކުރުން؛ (5) މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ކުށެއް ކުރަން އުޅުން ނުވަތަ ރޭވުން ނުވަތަ ހިތްވަރުދިނުން ނުވަތަ އެފަދަ ކުށެއް ކުރުމުގައި ނުވަތަ ކުރުމަށްފަހު އެހީތެރިވެދިނުން.