-

ނިށާން އަސްކަރީގެ ވެރިކަން

"ނިށާން އަސްކަރީގެ ވެރިކަން" (ނ.އ.ވ) މިއީ ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީގޮތުން ސިފައިން ކުރާ ހިދުމަތަށާއި، ގައުމެއްގެއިސްތިގްލާލާއި ސިޔާދަތު ރައްކާތެރިކުރުމުގެ ގޮތުން ހާއްސަ މުހިންމު ހިދުމަތްތަކެއް ކޮށްފައިވާ މީހުންނަށާއި، ބައިނަލްއަގްވާމީ ފެންވަރެއްގައިއަސްކަރީގޮތުން ވިޔަސް، ހިދުމަތްކޮށްފައިވާ މީހުންނަށް ދެވޭ އިއްޒަތެކެވެ.އަދި ސިިފައިންގެ ހިދުމަތުގައި ތިމާގެ ހަށިގަނޑާއި ފުރާނައިން ގުރުބާންވެފައިވާށަހީދުންނަށާއި، އެމީހެއްގެ ޖިހާދުގައި ލާމަސީލު ނަމޫނާއެއް ދައްކައިދީފައިވާ ސިފައިންގެ މީހަކަށްވެސް މިއިއްޒަތް ދެވިދާނެއެވެ.