-

އާމްދަނީން ނަގާ ޓެކްސް

''އާމްދަނީން ނަގާ ޓެކްސް'' ކަމަށް ބުނެފައި އެވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 25/2019) ގެ ‏12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ފިޔަވައި، އަންނަނިވި ބާވަތްތަކުގެ އާމްދަނީން ނަގާ ޓެކްހެވެ:

(ހ) އުޖޫރަ؛

(ށ) ވިޔަފާރި އާމްދަނީ؛

(ނ) އުފުލޭ މުދާ ނުވަތަ ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ؛

(ރ) ޑިވިޑެންޑް؛

(ބ) އިންޓްރެސްޓް؛

(ޅ) އެނުއިޓީއާއި ޕެންށަން އަދި ރިޓަޔަރމަންޓް ބެނިފިޓް؛

(ކ) ބެނިފިށަރީންނަށް ލިބޭ އާމްދަނީ؛

(އ) ޓެކްނިކަލް ސަރވިސް ފީ؛

(ވ) ކަމިށަން؛ (މ) ރޯޔަލްޓީ؛

(ފ) އެ މުދަލަކާ ގުޅިގެން ކެޕިޓަލް އެލަވަންސް އުނިކުރެވޭ، އުފުލޭ މުދަލެއް ނުވަތަ ނުއުފުލޭ މުދަލެއް ނުވަތަ ފިކުރީ މުދަލެއް ނުވަތަ އައިރު މާއްދީ މުދަލެއް ތަސައްރުފުކޮށްގެން ލިބޭ އާމްދަނީ؛

(ދ) އެ މުދަލަކާ ގުޅިގެން ކެޕިޓަލް އެލަވަންސް އުނިނުކުރެވޭ، އުފުލޭ މުދަލެއް ނުވަތަ ނުއުފުލޭ މުދަލެއް ނުވަތަ ފިކުރީ މުދަލެއް ނުވަތަ އައިރު މާއްދީ މުދަލެއް ތަސައްރުފުކޮށްގެން ލިބޭ ފައިދާ؛

(ތ) އެނޫންވެސް ގޮތަކުން ލިބޭ އާމްދަނީ (އެ އާމްދަނީ ލިބުނީ މުއާމަލާތެއްގެ މުގާބިލެއްގެ ގޮތުގައި ނޫންކަމަށް ވިޔަސް ނުވަތަ އެ އާމްދަނީ ލިބުނީ ގާނޫނާ ހިލާފަށް ނުވަތަ ހުއްދަ ނޫން ގޮތަކަށްކަމަށް ވިޔަސް).