-

ޑިކްލަރޭށަން

"ޑިކްލަރޭށަން" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަކާ ބެހޭގޮތުން އަމަލުކުރުމަށް ހުށަހަޅާ ކަސްޓަމްސްގެ އިޖުރާއަތާއި، އެ އިޖުރާއަތާގުޅޭ ގޮތުން ކަސްޓަމްސްއިން އެކަމަށް ތައްޔާރުކޮށްފައިވާ ފޯމަކުން ހުށަހަޅަންޖެހޭ މައުލޫމާތަށެވެ. މި މައުލޫމާތު ހޯދުމަށް ކަސްޓަމްސްއިން ތައްޔާރުކޮށްފައިވާ ފޯމަށް ކިޔާނީ "ގުޑްސް ޑިކްލަރޭށަން" އެވެ. "ޑިކްލަރޭށަން" މިބަހުގެ މާނައިގައި މި މާއްދާގައި ބުނާ ބޭނުމަށްޓަކައި މުދަލާ ގުޅޭގޮތުން މައުލޫމާތު ހުށަހެޅުމަށް ކަސްޓަމްސްއިން ތައާރުފުކުރާ އިލެކްޓްރޯނިކް މީޑިއާ އަދި އެހެނިހެން ވަސީލަތްތައްވެސް ހިމެނޭނެއެވެ.