-

ލޯކަލް ކޮންޓެންޓް

"ލޯކަލް ކޮންޓެންޓް" ކަމަށް ބުނެފައި އެވަނީ، ލައިސަންސް ދޫކުރެވޭ ފަރާތުގެ ފުރިހަމަ ކޮންޓްރޯލްގައިވާ ބަޔަކު އުފައްދާ އުފެއްދުންތަކަށާއި، ބަޔަކު ލައްވާ ނަމަވެސް، ލައިސަންސް ދޫކުރެވޭ ފަރާތުގެ ބޭނުމަށް އެފަރާތުގެ އިރުށާދުގެ މަތިން ތައްޔާރުކުރެވޭ، ތަކެއްޗަށާއި، ދިވެހިންގެ މުޖުތަމައަށް ބޭނުން ހިފޭގޮތަށް، ނުވަތަ ދިވެހި މުޖުތަމައާގުޅޭގޮތަށް، ދިވެހިންގެ މިލްކުވެރިކަން އޮވެގެން އުފައްދާ ތަކެއްޗަށާއި، ދިވެހިރާއްޖެއަށް ނުވަތަ ދިވެހި ބަހަށް ނުވަތަ ދިވެހި ސަގާފަތަށް، ނުވަތަ ދިވެހިންގެ ށައުގުތަކާގުޅޭގޮތަށް ދިވެހިން ނުވަތަ ދިވެހިންގެ އިރުށާދުގެ މަތިން ދިވެހިންނަށް އުފައްދާ އެއްޗެހި ހިމެނޭގޮތަށެވެ. ބޭރުގެ ފަރާތްތަކުން އުފައްދާފައި ހުންނަ ކޮންޓެންޓަކަށް ދިވެހި ބަހުން އަޑުއަޅައިގެން އުފައްދާ ކޮންޓެންޓަކީ ލޯކަލް ކޮންޓެންޓް ކަމުގައެއް ނުބެލެވޭނެއެވެ.