-

އާއިލާ

"އާއިލާ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކުން މީހަކާ ގުޅުންހުރި މީހުންނަށެވެ. (ހ) ދަރިން، ދޮންދަރިން، ދޮންމަންމަ، ނުވަތަ ދޮންބައްޕަ؛ ނުވަތަ (ށ) މަންމަ، ބައްޕަ، ކާފަ، މާމަ، މުނިކާފަ، ނުވަތަ މުނިމާމަ؛ ނުވަތަ (ނ) އެއްބަނޑު އެއްބަފާ މީހާ، އެއްބަނޑު މީހާ ނުވަތަ އެއްބަފާ މީހާ؛ ނުވަތަ (ރ) ބޮޑުދައިތަ، މުނިބޮޑުދައިތަ، ބޮޑުބޭބެ، ނުވަތަ މުނިބޮޑުބޭބެ؛ ނުވަތަ (ބ) އެއްކިރުގެ ސަބަބުން އަހަކަށް ނުވަތަ އުހުތަކަށްވާ މީހާ؛ ނުވަތަ (ޅ) ޅީދަރިން ނުވަތަ ދަނބިދަރިން، އަނބިމީހާ ނުވަތަ ފިރިމީހާގެ މަންމަ، އަނބިމީހާ ނުވަތަ ފިރިމީހާގެ ބައްޕަ؛ ނުވަތަ (ކ) ށަރުއީ ގޮތުން ބަލަދުވެރިކަން ހަވާލުކުރެވޭ އެހެން މީހެއް.