-

އާންމުންނަށް ފެންނަ ގޮތަށް ބެހެއްޓުން

"އާންމުންނަށް ފެންނަ ގޮތަށް ބެހެއްޓުން" ކަމަށް ބުނެފައި އެވަނީ، އުފެއްދުމުގެ އަސްލު ނުވަތަ ކޮޕީއެއް ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް، ގާތްތިމާގެ މީހުންނާއި ގާތްކޮށް އުޅޭ މީހުން ފިޔަވައި އެހެން މީހުންނަށް، އައިސް ތިބެވޭނެ ތަނެއްގައި ނުވަތަ އެކި ތަންތަނުގައި އެއްވަގުތެއްގައި ނުވަތަ އެކި ތަންތަނުގައި އެކި ވަގުތު މި މާއްދާގައި އާންމުންނަށް މުއާސަލާތުކުރުންކަމަށް ބުނެފައިވާގޮތަށް ނޫންގޮތަކަށް ދެއްކުމަށެވެ (1) ހަމަސީދާ ފެންނަގޮތަށް ބެހެއްޓުން؛ (2) ފިލްމެއް، ސްލައިޑެއް، ޓީ.ވީ މަންޒަރެއްގެގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ސްކްރީނެއްގައި ދައްކާލުން (3) (1) އާއި (2) ގައި ބުނެފައިވާ ގޮތްތައް ނޫންގޮތަކަށް ނުވަތަ އެނޫން ވަސީލަތެއް މެދުވެރިކޮށްގެންވިޔަސް ދެއްކުން؛ ނުވަތަ (4) އޯޑިއޯ ވިށުއަލް އުފެއްދުމެއްގައި މަންޒަރުތައް ގުޅިގެން އަންނަގޮތް ނޫންގޮތަކަށް ވިޔަސް ދެއްކުން.