-

އެކްސްޕްރެށަން އޮފް ފޯކްލޯރ

"އެކްސްޕްރެށަން އޮފް ފޯކްލޯރ" ކަމަށް ބުނެފައި އެވަނީ، މުޖުތަމައެއްގެ އާދަކާދައިގެ މައްޗަށް ވަކި ބަޔަކަށް ނިސްބަތްވާގޮތަށް އެ މުޖްތަމައެއްގެ އިޖްތިމާއީ ށަހްސާއި އެބައެއްގެ ސަގާފަތް އަދި އަގުކުރާ ސިފަތަކާއި ކަންތައްތައް ވަޒަންކުރާ ހަމަތައް ދޭހަވާގޮތަށް އަމިއްލަ ފަރުދަކު ނުވަތަ ބަޔަކު މީހުން އަނގަބަހުން، ނުވަތަ ހަރަކާތަކުން ނުވަތަ އެހެންވެސް ގޮތަކުން އުފައްދާ އުފެއްދުމަށެވެ. މީގެތެރޭގައި އަންނަނިވި ތަކެތި ހިމެނެއެވެ (1) އެވޭލާ ޒަމާނުގެ ވާހަކައާއި، އެވޭލާ ޒަމާނުގެ ޅެމާއި، ބަނދި އަދި އިހުގެ އަރަތް؛ (2) އެވޭލާ ލަވަ އާއި ރާގުތައް؛ (3) އެވޭލާ ނެށުމާއި އެވޭލާ ތަމްސީލުތައް؛ (4) ކުރެހުންތަކާއި، ބިންވަޅުނެގުންތަކާއި، ސިފަ އުފެއްދުންތަކާއި (ސްކަލްޕްޗަރ) ، މުށީގެ މަސައްކަތްތަކާއި، ކަނބުރުވެރިކަމުގެ މަސައްކަތްތަކާއި، ތިލޭރުކަމުގެ މަސައްކަތްތަކާއި، އަތްތެރި މަސައްކަތުގެ އުފެއްދުންތަކާއި، ކޮސްޓިއުމް އަދި މުޖުތަމައު އަށް ނިސްބަތްވާ ފޭރާން ފަދަ އުފެއްދުންތަކެވެ.