-

ހުއްދަނޫން ކައިވެނި

"ހުއްދަނޫން ކައިވެނި" ކަމަށް ބުނެފައިވަނީ އަންނަނިވ ޢަމަލުންކުރެ އަމަލެއް ކުރުމަށެވެ: (1) ހަަތަރު އަނބީންނާއި އިނދެގެން ހުރެ، ނުވަތަ ހަތަރު އަބީންކުރެ އަނތްބަކު އިއްދައިގައިވާ ހާލު، އިތުރު ކާވެންޏެއް ކުރުން؛ ނުވަތަ (2) ކާވެންޏެއް މަތީގައި ހުރެ، ނުވަތަ ވަރިކުރި އަންހެނާގެ އިއްދަ ހަމަ ނުވަނީސް އެ އަންހެނާގެ އެއް އިސްމަތުގައި ކާވެނިކުރުން ހަރާމްވެގެންވާ އެހެން އަންހެނަކާ ކާވެނިކުރުން؛ ނުވަތަ (3) އަންހެނާގެ އިއްދަ ހަމަވުމުގެ ކުރިން، އެ އަންހެނާ އޭނާ ވަރިކުރި ފިރިހެނާ ނޫން އެހެން މީހަކާ ކާވެނިކުރުން؛ ނުވަތަ (4) މީހަކާ އިނދެގެން ހުރި އަންހެނާ އިތުރު ކާވެންޏެއް ކުރުން؛ ނުވަތަ (5) ތިންފަށް ވެފައިވާ އަންހެނާގެ ފަށް ނުފިލަނީސް، އޭނާ ތިންފަށް ކުރި ފިރިހެން މީހާއާ ކާވެނިކުރުން؛ ނުވަތަ (6) ލިއާން ކުރެވިފައިވާ ދެމީހުން އަލުން ކާވެނިކުރުން؛ ނުވަތަ (7) ނަސަބުގެ ސަބަބުން ނުވަތަ އެއްކިރުވުމުގެ ސަބަބުން ނުވަތަ ކާވެނީގެ ގުޅުމުގެ ސަބަބުން، އެ ފިރިހެނަކާ އެ އަންހެނަކާ ދެމީހުން ކާވެނިކުރުން އިސްލާމީ ށަރީއަތުގައި އަބަދުގެ އަބަދަށް ހަރާމްވެގެންވާ ދެމީހުން ކާވެނިކުރުން؛ ނުވަތަ (8) އެއް ޖިންސުގެ ދެމީހުން ކާވެނި ކުރުން؛ ނުވަތަ (9) އަންހެނަކު، މުސްލިމް ނޫން ފިރިހެނަކާ ކާވެނިކުރުން؛ ނުވަތަ (10) ފިރިހެނަކު، އަހުލުކިތާބީއަކުކަމުގައި ނުވާ ގައިރު މުސްލިމަކާ ކާވެނިކުރުން.