-

އެކަށީގެންވާ ފިޔަވަޅު

ކުށުގެ އަމަލެއް ފުރިހަމަކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް އަޅައިފިކަމުގައި ބެލެވޭނީ އެ ކުށުގެ އަމަލު ފުރިހަމަކުރުމަށް އޮތް އޭނާގެ މަގްސަދު އެއަމަލުން ސާފުކޮށް ދަލީލުކޮށްދޭ ނަމައެވެ. ކުށެއްގެ އަމަލެއް ފުރިހަމަކުރުމަށްޓަކައި، އެކަށީގެންވާ ފިޔަވަޅެއް އެޅީކަމުގައި ބެލެވިދާނެ އަމަލު ކުށުގެ އަމަލު ފުރިހަމަކުރުމަށް އޮތް މަގްސަދު ސާފުކޮށް ދަލީލުކޮށްދޭނަމަ، އަންނަނިވި އަމަލުތަކަކީ، ކުށެއްގެ އަމަލެއް ފުރިހަމަކުރުމަށްޓަކައި، އެކަށީގެންވާ ފިޔަވަޅެއް އެޅީކަމުގައި، ގާނޫނީ ގޮތުން ބެލިދާނެ އަމަލުތަކެވެ: (1) އެ މީހެއްގެ މައްޗަށް ކުށުގެ އަމަލު ހިންގޭ މީހާއަށް އިންތިޒާރުކުރުމާއި، އޭނާ ހޯދުމާއި އޭނާގެ ފަހަތުން ދިޔުން؛ (2) އެ މީހެއްގެ މައްޗަށް ކުށުގެ އަމަލު ހިންގޭ މީހާ، އެ ކުށް ކުރުމަށް ބޭނުންވާ ތަނަށް ގެންދިއުމަށް ލެންބުން ނުވަތަ ލެންބުމަށް މަސައްކަތްކުރުން؛ (3) ކުށްކުރަން ބޭނުންވާ ތަން އެ ކަމަށް އެކަށީގެންވޭތޯ ބަލައި އެ ތަނުގެ މައުލޫމާތު ހޯދުން (4) ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ތަނަކީ އިމާރާތެއް ނުވަތަ އުޅަނދެއް ނުވަތަ އެނޫންވެސް ބަންދުކޮށްފައިވާ ތަނަކަށްވެފައި އެ ތަނަކަށް ހުއްދަނެތި ވަނުން؛ (5) ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ސާމާނު އަތުގައި ބެހެއްޓުމާއި، އެ ސާމާނަކީ އެ ކުށުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެއްޗެއްސަށްވުމާއި އެއިން އެ ހާލަތުގައި ހުއްދަ ބޭނުމެއް ނުކުރެވޭނެ އެއްޗެއްސަށްވުން؛ ނުވަތަ (5) ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ސާމާނު އަތުގައި ބެހެއްޓުމާއި، ހޯދުމާއި، އެއާ އެއްގޮތް އެއްޗެހި ހޯދުމާއި އަދި އެއްޗެހި ކުށުގެ އަމަލު ހިންގުމަށް ބޭނުންވާ ތަނުގައި ނުވަތަ އެ ތަނާ ކައިރި ހިސާބެއްގައި ބެހެއްޓުމާއި، އެގޮތަށް އެ ސާމާނު ބެހެއްޓުމަކީ އެ ހާލަތުގައި އެނޫން ހުއްދަ ބޭނުމެއް ހިފޭނެ ކަމެއްކަމަށް ނުވުން.