-

ޖިންސީ އަމަލު

"ޖިންސީ އަމަލު" ކަމަށް ބުނެފައި އެވަނީ: (1) އިސްލާމީ ށަރީއަތުގައި ހުއްދަވެގެންވާ ސަބަބެއްނެތި އެހެން މީހެއްގެ ޖިންސީގުނަވަނުގައި ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ކުރިމަތިފަރާތުގައި ނުވަތަ އުރަމަތީގައި އަތްލުމަށް؛ (2) އިސްލާމީ ށަރީއަތުގައި ހުއްދަވެގެންވާ ސަބަބެއްނެތި އެހެން މީހަކު ލައްވައި ތިމާގެ ޖިންސީގުނަވަނުގައި ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ އުރަމަތީގައި އަތްލެއްވުމަށް ނުވަތަ އެހެން މީހެއްގެ އެފަދަ ތަނެއްގައި އަތްލެއްވުމަށް؛ ނުވަތަ (3) އިސްލާމީ ށަރީއަތުގައި ހުއްދަވެގެންވާ ސަބަބެއްނެތި ކުށުގެ އަނިޔާ ލިބުނު މީހާގެ ހަށިގަނޑުގެ ބަޔަކަށް މަނި ފޯރުކުރުވުމަށް؛