-

ފަރުވާކުޑަކުރުން

އަންނަނިވި ހާލަތްތަކުގައި، ކުށުގެ މަގްސަދުގެ ރުކުނާ ގުޅޭގޮތުން، މީހަކު ފަރުވާކުޑަ އަމަލެއް ކޮށްފިކަމުގައި ބެލެވޭނެއެވެ: (1) މަގްސަދުގެ ރުކުން އެބައޮތްކަން އެނގިހުރެ ނުވަތަ އޭނާގެ އަމަލުން އެރުކުން މެދުވެރިވެދާނެކަމުގެ ނުރައްކާ ބޮޑުކަމާއި، އެނުރައްކަލާ ކުރިމަތިލާން ޖެހޭ މަގްބޫލު ސަބަބެއް ނެތްކަން އޭނާއަށް އެނގިހުރެ، އެނުރައްކަލަށް ފަރުވާލެއް ނުބެހެއްޓުން؛ އަދި (2) އޭނާ ކުރި އަމަލުގެ ޒާތަށާއި މަގްސަދަށް ބަލާއިރު އަދި އޭނާއަށް އެނގިގެންވާ ހާލަތްތަކަށް ބަލާއިރު، އެފަދަ އަމަލަކުން ނުކުމެދާނެ ނުރައްކަލުގެ ޒާތަށާއި މިންވަރަށް ފަރުވާލެއް ނުބެހެއްޓުމަކީ، އެފަދަ ހާލަތެއްގައި ހުރި މީހަކު އަމަލުކުރާނޭކަމަށް ގަބޫލުކުރެވޭ ހަމަތަކާ މުޅިން ތަފާތުގޮތަކަށް ކުރި އަމަލެއް ކަމުގައިވުން.