-

ޕިރަމިޑް ސޭލްސް ސްކީމް

"ޕިރަމިޑް ސޭލްސް ސްކީމް" ކަމަށް ބުނެފައި އެވަނީ އަންނަނިވި ކަންކަމަށްޓަކައި އެކުލަވައިލެވޭ ކޮންމެ ޕްލޭނެއް، ނުވަތަ ހިންގާ ކޮންމެ މަށްރޫއަކަށެވެ: (1) މީހަކު އަގެއް ހުރި އެއްޗެއް ދޫކޮށްލުމުގެ މުގާބިލުގައި، އަގެއް ހުރި އެހެން އެއްޗެއް ލިބިގަތުމުގެ ފުރުސަތު ހޯދުން؛ (2) މި މާއްދާގެ (ހ) ގައިވާ އަމަލު ހިންގަނީ ވީހާވެސް ގިނަ މީހުން އެކަމުގައި ބައިވެރިވުމަށް ހިތްވަރުދެވޭ ގޮތަށްކަމުގައިވުން؛ އަދި (3) އެކަމަކީ އެ ޕްލޭނުގެ ދަށުން ނުވަތަ މަށްރޫއުގެ ދަށުން ވިއްކޭ، ނުވަތަ އަލުން ވިއްކުމަށްޓަކައި ބައިވެރިންގެ މެދުގައި ބަހައިލެވޭ މުދަލުގެ އަދަދުގެ ނިސްބަތަށް އެކަނި ބުރަވެފައި އޮންނަ ޕްލޭނަކަށް ނުވަތަ މަށްރޫއަކަށް ނުވުން.