-

މުދާ

"މުދާ" ކަމަށް ބުނެފައި އެވަނީ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި މާއްދީ މުދަލާއި މާއްދީނޫން މުދާ ހިމެނޭ ގޮތުން އެއްވެސް އަގެއް ހުރި ކޮންމެ އެއްޗަކަށެވެ. އަދި އޭގެ ތެރޭގައި ހިމެނޭ މުދަލާއި ހިދުމަތާއި އެކިއެކި މުދަލުގެ މައްޗަށް އުފެދޭ ހައްގާއި މުދަލުގެ މައްޗަށް އުފެދޭ ބާރާއި ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ ބާރާއި ހައްގާއި މުއާސަލާތަށް ނުވަތަ ވަސީލަތްތަކަށް ނުވަތަ މައުލޫމާތަށް ނުވަތަ އެކިއެކި ހިދުމަތްތައް ހޯދުމަށް އޮތް ހައްގާއި ހިފާފައިވާ ނުވަތަ އޮޅުކޮށްފައިވާ ޖަނަވާރާއި މުދަލެއްގައި އޮތް ހައްގު އަންގައިދޭ ރަސްމީ ލިޔުންތަކަށެވެ. އޭގެ ތެރޭގައި ޓިކެޓާއި، ގޯތީގެ ލިޔުންތަކާއި، އެކިއެކި މިލްކުވެރިކަމުގެ ލިޔުންތަކާއި، ހުއްދަތައް ހިމެނެއެވެ.