-

ހަޑިހުތުރު

އެއްޗެއް ނުވަތަ ތަމްސީލެއް ނުވަތަ ހުށަހަޅައިދޭ ހަރަކާތްތަކެއް "ހަޑިހުތުރު" ކަމަށް ބެލެވެނީ ދިވެހި މުޖްތަމައުގެ އާންމު މީހަކު، ދިވެހި މުޖްތަމައުގެ މިހާރުގެ މީހުން ގަބޫލުކުރާ އާންމު ހަމަތަކުގެ އަލީގައި އެ އެއްޗެއް ބެލުމަށްފަހު އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް، އެ އެއްޗަކާ މެދު ނުވަތަ އެ ކަމަކާ މެދު ދެކޭނެ ނަމައެވެ: (1) މުޅި އެއްޗަށް ނިސްބަތްކުރާއިރު، އެ އެއްޗަކީ ނުވަތަ އެ ހުށަހެޅުމަކީ ނުވަތަ އެ ތަމްސީލަކީ ށަހުވާނީ މަސްލަހަތެއް އެކުލެވިގެންވާ އެއްޗެއްކަމުގައި ގަބޫލުކުރުން؛ ނުވަތަ (2) ކަނޑައެޅިގެން ހުތުރުވާ ގޮތަށް، ށަހުވާނީ އަމަލުތައް ރަމްޒުކޮށްދޭ ނުވަތަ ތަމްސީލުކޮށްދޭ އެއްޗަކަށްވުން.