-

އެނގިހުރުން ނުވަތަ އެނގިހުރެގެން

"އެނގިހުރުން" ނުވަތަ "އެނގިހުރެގެން" ކަމަށް ބުނެފައިވަނީ އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރާ އަމަލަށެވެ: (1) އަމަލުގެ ރުކުނާ ގުޅޭގޮތުންކަމުގައި ވާނަމަ، އޭނާ އެކުރާ އަމަލަކީ އެޒާތުގެ ނުވަތަ އެބާވަތުގެ އަމަލެއްކަން އޭނާއަށް އެނގިގެންވުން؛ (2) ހާލަތުގެ ރުކުނާ ގުޅޭގޮތުން ކަމުގައި ވާނަމަ، އެފަދަ ހާލަތެއް ދެމިއޮތުމުގެ އެކަށީގެންވާ ފުރުސަތު އޮތްކަން އޭނާއަށް އެނގިގެންވުން؛ (3) ނަތީޖާގެ ރުކުނާ ގުޅޭގޮތުން ކަމުގައި ވާނަމަ، އޭނާ އެ ކުރާ އަމަލަކީ، އަމަލީގޮތުން ބަލާއިރު އޭގެ ޒާތުގައި، ވަކި ނަތީޖާއެއް ނުކުންނާނެ އަމަލެއްކަން އޭނާއަށް އެނގިގެންވުން.