-

ހުއްދަކުރެވިގެންވާ ދިފާއު

"ހުއްދަކުރެވިގެންވާ ދިފާއު" އަދި "ހުއްދަ ހާލަތު" ކަމަށް ބުނެފައިވަނީ އަންނަނިވި ހާލަތްތަކުގައި މީހަކު ކުރާ އަމަލަށެވެ: (1) އެ އަމަލުކުރީ، ގެއްލުމަކުން ނުވަތަ ނުރަގަނޅު ކަމަކުން އެހެން މީހަކު ސަލާމަތްކޮށްދިނުމަށްޓަކައި، ކޮންމެހެން އެ އަމަލުކުރަންޖެހޭ ހާލަތެއްގައި ކަމުގައިވުން؛ (2) ދައުވާ އުފުލިގެންވާ ކުށް ކަނޑައަޅާފައިވާ ގާނޫނުން ސަލާމަތްކުރުމަށް ބޭނުންވާ ގެއްލުމާއި ނުރަނގަޅު ކަންތަކަށް ވުރެ، އޭނާ ކުރި އަމަލުން ހުއްޓުވި ގެއްލުމާއި ނުރަގަނޅު އަމަލު ބޮޑުވުން؛ އަދި (3) އުފުލިފައިވާ ދައުވާގައި ބޭނުންކުރާ ދިފާއަކީ ދައުވާ އުފުލިފައިވާ ކުށް ކަނޑައަޅާފައިވާ ގާނޫނުގެ މަގްސަދަށް ބަލާއިރު ބޭނުންކުރެވިގެން ނުވާނެ ދިފާއެއްކަން ސާފުކޮށް އެ ގާނޫނުން އެނގެން ނެތުން.