-

މީހުން ދިރިއުޅޭ އިމާރާތް

"މީހުން ދިރިއުޅޭ އިމާރާތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ބޭނުންތަކުގެ ތެރެއިން ބޭނުމަކަށްޓަކައި ބޭނުންކުރެވޭ، އަދި ކުށުގެ އަމަލު ހިނގިއިރު އެ ތާނގައި މީހުން ދިރިއުޅުނުކަމުގައި ވިޔަސް އަދި ނުވިޔަސް އިމާރާތަކަށް ނުވަތަ އެއްގަމު އުޅަނދަކަށް ނުވަތަ ކަނޑުގެ އުޅަނދަކަށް ނުވަތަ އެފަދަ އިމާރާތްތައް ނުވަތަ އުޅަނދެއްގެ ވަކި ބަޔަކަށެވެ. (1) އެ ތަނެއްގައި މީހަކު ދިރިއުޅޭ ނުވަތަ އޭނާގެ ވިޔަފާރި، ނުވަތަ އޭނާގެ އެހެންވެސްކަމެއް ހިންގާ ތަނަކަށްވުން؛ ނުވަތަ (2) ވިޔަފާރީގެ ބޭނުމަށް، ނުވަތަ ސަރުކާރުގެ ބޭނުމަށް ނުވަތަ އަޅުކަމުގެ ބޭނުމަށް ނުވަތަ ތައުލީމުގެ ބޭނުމަށް ނުވަތަ މުނިފޫހިފިލުވުމުގެ ބޭނުމަށް ނުވަތަ އާންމު އުސޫލުން ނުވަތަ ވިޔަފާރީގެ އުސޫލުން ދަތުރުފަތުރުކުރުމުގެ ބޭނުމަށް، މީހުން އެއްވެ އުޅޭ ތަނަކަށްވުން؛ ނުވަތަ (3) ރޭގަނޑު ނިދުމަށް މީހުން ބޭނުންކުރާ ތަނަކަށްވުން.