-

މަކަރާއި ހީލަތް

"މަކަރާއި ހީލަތް" ކަމަށް ބުނެފައި އެވަނީ ޓެކުމަށް ނުހިމެނޭ ގޮތުން ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭ ގޮތަށް ކުރާ އަންނަނިވި ކަންކަމަށެވެ: (1) ގާނޫނާ ގުޅޭ ގޮތުން ނުވަތަ މުދަލުގެ އަގާ ގުޅޭގޮތުން ނުވަތަ ސިކުނޑީގެ ހާލަތާ ގުޅޭ ގޮތުން ތެދު ނޫން ތަސައްވުރެއް އުފެއްދުން ނުވަތަ އެފަދަ ތަސައްވުރަކީ، ތެދު ތަސައްވުރެއްކަމުގައި ބަޔާންކުރުން؛ ނުވަތަ (2) މުދަލަކާ ގުޅޭ ގޮތުން ހިންގޭ މުއާމަލާތެއްގައި ވަކި މައުލޫމާތެއް ލިބިއްޖެނަމަ، އެ މުއާމަލާތެއްގެ ނަތީޖާ އޭނާ ބަދަލުކޮށްފާނެކަމަށް ހީކުރެވޭ މައުލޫމާތެއް އޭނާއަށް ލިބުނަނުދީ ހިފެހެއްޓުން؛ ނުވަތަ (3) އޭނާ ކުރިން އުފައްދައިފައިވާ، ނުވަތަ ތެދުކަމަށް ބަޔާންކޮށްދީފައިވާ ތަސައްވުރެއް ފަހުން ރަނގަޅުނުކުރުން؛ ނުވަތަ (4) އެ މުދަލުގެ މައްޗަށް ރަހުނެއް އޮތްކަން، ނުވަތަ އެ މުދާ އޭނާގެއަތުން ބީވެގެންހިނގައިދާނެ ދައުވާއެއް އޮތްކަން، ނުވަތަ މިނިވަންކަމާއެކު، އޭނާގެ އަތުގައި އެމުދާ ބެހެއްޓުމަށް އޮތް ހުރަހެއް (ގާނޫނީ ހުރަހަކީ، އެއާ މެދު ސުވާލު އުފެދޭ ހުރަހެއްކަމުގައިވީނަމަވެސް އެފަދަ ހުރަހެއް) އޮތްކަން ހާމަނުކުރުން؛ ނުވަތަ (5) ޗެކެއްގައި ލިޔެފައިވާ އަދަދަށް ނުވަތަ ފައިސާގެ ގޮތުގައި ބަދަލުކުރެވޭ އެނޫންވެސް މާލީ ލިޔުމެއްގައި ލިޔެފައިވާ އަދަދަށް، އެ ލިޔުން ދޫކުރެވޭ ފަރާތުން، އެއަށް ފައިސާ ދެއްކުމަށް އެއްބަސްނުވާނެކަން އެނގިހުރެ، އެފަދަ ޗެކެއް ނުވަތަ ލިޔުމެއް ދޫކުރުން.