-

ބަންދުގައި މީހުން ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފު

"ބަންދުގައި މީހުން ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ (1) މީހުން ބަންދުކުރާ މަރުކަޒެއްގައި ބަންދުގައި ބައިތިއްބާފައި ތިބޭ މީހުން ކޮންޓްރޯލުކުރުމަށާއި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ނުވަތަ އެފަދަ މަރުކަޒެއްގެ ބެލުމުގެ ދަށުގައިވާ މީހުން ކޮންޓްރޯލުކުރުމަށާއި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ މީހެއް ކަމުގައިވުން؛ ނުވަތަ (2) ސިކުނޑީގެ ހާލަތު ސިއްހީގޮތުން ބެލުމަށްޓަކައި، ނަފުސާނީ ނުވަތަ ސިކުނޑީގެ ފަރުވާދޭ މަރުކަޒެއްގައި ތިބޭ މީހުން ނުވަތަ އެފަދަ މަރުކަޒަކަށް ފޮނުވުމަށްޓަކައި ބަންދުކޮށްފައި ތިބޭ މީހުން ކޮންޓްރޯލުކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ މުވައްޒަފަކަށެވެ.