-

މީހުން ބަންދުކުރާ މަރުޒު

"މީހުން ބަންދުކުރާ މަރުކަޒު" ކަމަށް ބުނެފައި އެވަނީ އަންނަނިވި ސަބަބުތަކަށްޓަކައި މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ހަދާފައިވާ ތަނަކަށެވެ: (1) ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރުމަށް؛ ނުވަތަ (2) ކުށެއްގެ ތުހުމަތުގައި އޭނާގެ މައްޗަށް ށަރީއަތް ކުރެވުމަށް ނުވަތަ އޭނާގެ މައްޗަށް ކުށެއް ސާބިތުވެގެން ހުކުމްކުރެވުމަށް؛ ނުވަތަ (3) އަންނަނިވި ކަންކަމާ ގުޅިގެން ހައްޔަރުކޮށްފައި ބޭތިއްބުމަށް: (ހ) ކުށަކާ ގުޅިގެން؛ ނުވަތަ (ށ) ޕްރޮބޭށަނާ ހިލާފުވެގެން؛ ނުވަތަ (ނ) ޕެރޯލާ ހިލާފުވެގެން؛ ނުވަތަ (ރ) ވަކިގޮތަކަށް ބެލެހެއްޓުމަށް ކަނޑައެޅޭ ހާލަތުގައި އެގޮތާ ހިލާފުވެގެން؛ ނުވަތަ ށަރީއަތުގެ ކުރިން ބޭއްވޭ އަޑުއެހުމެއް ނުވަތަ ކަފާލާތުގެ މިންވަރު ކަނޑައެޅުމަށް އަޑުއެހުމެއް ބޭއްވުމަށް.