-

ރުހުން (ކުށުގެ އަމަލުން ގެއްލުން ލިބުނު މީހާ ދޭ ރުހުން)

ދައުވާ ރައްދުވާ މީހާ ކުރި ކުށްކަމުގައި ބެލެވޭ އަމަލާ ގުޅޭ ގޮތުން ނުވަތަ އެ އަމަލުން ނުކުމެދާނެ ނަތީޖާއާ ގުޅޭގޮތުން، އެ ކުށުގެ އަމަލުން ގެއްލުން ލިބުނު މީހާ ދޭ ރުހުމަކީ އަންނަނިވި ހާލަތްތަކުގައި އެ ކުށުގެ ދިފާއެއް ކަމުގައި ބެލެވޭނެއެވެ. (1) އެ ރުހުން ދިނުމުގެ ސަބަބުން، ކުށުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ނެތިދިއުން؛ ނުވަތަ (2) އެ ކުށް ކަނޑައަޅާ ގާނޫނުން މަނާކުރާ ގެއްލުންދިނުމުގެ ނުވަތަ އަމަލު ހިންގުމުގެ ކުރިން އެ ރުހުން ދީފައިވުން.