-

ގާނޫނީ މަސައްކަތް

"ގާނޫނީ މަސައްކަތް” ނުވަތަ "ގާނޫނީ އެހީތެރިކަން" ނުވަތަ "ގާނޫނީ ހިދުމަތް" ދިނުން ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމަށެވެ. (1) އެއްވެސް ހުސޫމަތަކާ ގުޅިގެން ނުވަތަ ގާނޫނު ތަތުބީގް ކުރުމާ ގުޅޭގޮތުން ލަފަޔާއި މަޝްވަރާ ދިނުން، (2) މީހެއްގެ ބަދަލުގައި އެއިން ތަނަކަށް ހާޒިރުވުން ނުހިމެނޭގޮތުން، އެއްވެސް ހުސޫމަތަކާ ގުޅިގެން ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އެފަދަ އެހެން ތަނެއްގައި ވަކާލާތު ކުރުމާއި އެއްވެސް ފަރާތެއް ތަމްސީލުކުރުން، (3) ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އެފަދަ އެހެން ތަނަކަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ދައުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށްދިނުން؛ (4) އެކިއެކި ފަރާތްތަކުގެ މެދުގައި އަގުދުކުރެވޭ އެއްބަސްވުންތަކާއި ވަސިއްޔަތުގެ ލިޔުންތަކާއި، ޕަވަރ އޮފް އެޓަރނީތަކާއި، އަދި އެނޫންވެސް އެފަދަ މަދަނީ މުއާމަލާތްތަކާ ގުޅޭ ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން؛ (5) ޕަބްލިކް ނޯޓަރީގެ ގޮތުގައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ތަސްދީގުކޮށްދިނުމުގެ މަސައްކަތްކުރުން؛ (6) ވިޔަފާރި އުސޫލުން އެކި އެކި ލިޔެކިޔުންތައް އެޓެސްޓް ކުރުން."