-

ޕަބްލިކް ނޯޓަރީ

"ޕަބްލިކް ނޯޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދިނުމާއި، އެނޫންވެސް އެފަދަ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް، މި ގާނޫނުގެ ދަށުން ބާ ކައުންސިލުން ހުއްދަކުރާ ކޮންމެ ގާނޫނީ ވަކީލަކަށެވެ.