-

ގަޑުބަޑުކޮށްފައިވާ ޕެސްޓިސައިޑް

"ގަޑުބަޑުކޮށްފައިވާ ޕެސްޓިސައިޑް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އެއާމެދު ޢަމަލުކުރެވިފައިވާ ޕެސްޓިސައިޑަށެވެ (1) އޭގައި ހިމެނޭ މާއްދާއެއް އެކުގައި ނުވަތަ މާއްދާއެއްގެ ބައެއް އުނިކުރުން؛ (2) އޭގައި ހިމެނޭ ބާވަތެއް އެކުގައި ނުވަތަ އެއިން ބައެއް ބަދަލުކުރުން؛ (3) އޭގެ ބަރުދަން ނުވަތަ ބޮޑުމިން އިތުރުކުރުމަށް، ނުވަތަ އޭގެ ފެންވަރު ދަށްކުރުމަށް ނުވަތަ ބާރު ކުޑަކުރުމަށް، ނުވަތަ އޭގެ އަސްލު ފެންވަރަށްވުރެ ފެންވަރު މަތިކަމަށް ނުވަތަ އަސްލު އަގަށްވުރެ އަގުހުރި އެއްޗެއްކަމަށް ދެއްކުމުގެ ގޮތުން، އޭގެ ތެރެއަށް އެހެން ބާވަތެއް އިތުރުކުރުން ނުވަތަ އެއްކުރުން ނުވަތަ އެއާއެކު އެހެން ބާވަތެއް ބަންދުކުރުން؛ (4) އޭގެ ފެންވަރު ދަށްކަން ނުވަތަ ލިބިފައިވާ ގެއްލުން އެއްވެސް ގޮތަކުން ފޮރުވުން؛ (5) އޭގައި ހިމެނޭ އެއްވެސް ބާވަތެއް، ލޭބަލްގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ނުވަތަ ގަވާއިދުގައި ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރުކުރުން؛ (6) އޭގެ އަސްލަށް، ބާވަތަށް، ނުވަތަ ފެންވަރަށް އަސަރުކޮށްފައިވުން.