-

މުވައްޒަފު

"މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން އެހެން ފަރާތަކަށް ހިދުމަތްކޮށްދޭ މީހުންނަށާއި، ކުންފުނިތަކުގެ ޑިރެކްޓަރުންނަށާއި، ޕާޓްނަރށިޕްތަކުގެ ޕާޓްނަރުންނަށާއި، އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުރި ނަމަވެސް، އައްޔަންކޮށްފައިވާ މަގާމެއްގައި ހުރި ނަމަވެސް، ދާއިމީ މަގާމެއްގައި ހުރި ނަމަވެސް، ވަގުތީ މަގާމެއްގައި ހުރި ނަމަވެސް، ދައުރު ކަނޑައެޅިފައިވާ މަގާމެއްގައި ހުރި ނަމަވެސް، ކޮންޓްރެކްޓެއްގެ ދަށުން ހަވާލުކުރެވިފައިވާ މަގާމެއްގައި ހުރި ނަމަވެސް، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރުމާ ހަވާލުވެގެން ހުރި އަދި އެ މަސްއޫލިއްޔަތު އަދާކުރުމުގެ މުގާބިލެއް ދައުލަތުން ލިބޭ ކޮންމެ މީހަކަށެވެ. ހިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން މުސްތަގިއްލުކޮށް މަސައްކަތްކުރާ ކޮންޓްރެކްޓަރުންނެއް މި މާނައިގެ ތެރޭގައެއް ނުހިމެނެއެވެ.