-

ދައުލަތުގެ އޮފީސް

"ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރޭގައި ދައުލަތުގެ އޮފީހަކުން ހިއްސާވާ ކުންފުންޏެއް، ނުވަތަ އެ ފަރާތެއްގެ މައިގަނޑު މަގްސަދުގެ ތެރޭގައި ވިޔަފާރިކުރުން ހިމެނޭ ވަކި ގާނޫނީ ށަހްސެއް ނުހިމެނެއެވެ.