-

ތަސައްރުފުކުރުން

"ތަސައްރުފުކުރުން" ކަމަށް ބުނެފައި އެވަނީ (1) މުދަލެއް ވިއްކައިލުން، ދިނުން، ޓްރާންސްފަރކުރުން ނުވަތަ އެނޫންވެސް ގޮތަކަށް މިލްކުވެރިކަމުން މުދަލެއް ވަކިވުން؛ (2) ނުވަތަ މުދަލެއް ހަލާކުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އެ މުދާ ދާއިމީކޮށް އަތުން ބީވުން؛ (3) ނުވަތަ މުދާ ބޭނުންކުރުން ދާއިމީކޮށް ހުއްޓާލުން ނުވަތަ އެ މުދާ ބޭނުންކުރަމުންދިޔަ ވިޔަފާރި ދާއިމީކޮށް ހުއްޓާލުން ނުވަތަ ނިމުމަކަށް ގެނައުން ނުވަތަ އުވައިލުން؛ ނުވަތަ (4) މުދަލެއްގެ ވެރިފަރާތުން އެ މުދާ ބޭނުންކޮށްގެން ކުރަމުންދާ ވިޔަފާރިއަކުން ޓެކްސް ދައްކަންޖެހުން ނިމުމަކަށް އައުމަށެވެ.