-

ބޭންކިންގ ވިޔަފާރި

"ބޭންކިންގ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، އާންމުންގެ ކިބައިން، ޑިޕޮސިޓްގެ ގޮތުގައި ނުވަތަ އެނޫންވެސް އެހެން ގޮތެއްގައި ފައިސާ ބަލައިގަނެ، އެ ފައިސާއެކުގައި ނުވަތަ އެ ފައިސާގެ ބައެއް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ބޭނުންކުރުން؛ (ހ) ދަރަނި ދޫކުރުން، ނުވަތަ އިންވެސްޓްކުރުން. (ށ) އެހެން ފަރާތަކަށް ހޯދައިދިނުމުގެ މަގުސަދުގައި އަދި އެއްބަސްވުމެއްގެ ދަށުން، ސަޕްލަޔަރެއްގެ އަތުން އެސެޓެއް ގަނެ، އެ އެސެޓްގެ އަގު އެކި ފަހަރު މަތިން އަދާކުރާ ގޮތަށް އެ ފަރާތަށް ދިނުމުގެ ވިޔަފާރިކުރުން. އަދި އެ ފަރާތުން ބޭނުންވެއްޖެނަމަ އެއްބަސްވުމުގެ މުއްދަތު ހަމަވެ އަދި އަގު އަދާކޮށް ނިމުމުން އެ ފަރާތަށް އެ އެސެޓް މިލްކުވެރިކުރުމުގެ އިހުތިޔާރު ދެވޭ ގޮތަށް ދެވޭ ވިޔަފާރިއެވެ. އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރި؛ އިސްލާމިކް ބޭންކިންގ ވިޔަފާރި؛ އޮތޯރިޓީން ކަނޑައަޅާ އެހެން ވިޔަފާރި؛