-

ދިރޭ މަސް ގެންގުޅުން ނުވަތަ ދިރޭ މަހުގެ ބާވަތްތައް ގެންގުޅުން

"ދިރޭ މަސް ގެންގުޅުން" ނުވަތަ "ދިރޭ މަހުގެ ބާވަތްތައް ގެންގުޅުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނު ހިނގާ ސަރަހައްދުުން ބާނައިގެން ނުވަތަ ހިފައިގެން ނުވަތަ ނަގައިގެން އެކްސްޕޯޓްކުރުމުގެ ނުވަތަ ރިސޯޓްތަކަށް ވިއްކުމުގެ ބޭނުމުގައި ދިރޭ މަސް ގެންގުޅުމަށެވެ. މީގެތެރޭގައި އެމުގެ ގޮތުގައި ބޭނުންކުރުމަށް ބާނާ ނުވަތަ ހިފާ ނުވަތަ ނަގާ މަހެއް ނުހިމެނެއެވެ. އަދި އެކުއޭރިއަމް ފިށްގެ ގޮތުގައި ބޭނުންކުރުމަށް ނުވަތަ އެކްސްޕޯޓްކުރުމަށް ހިފާ ނުވަތަ ނަގާ މަހެއް ވެސް ނުހިމެއެވެ.